ލަންކާގައި ދިރިއުޅޭ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންގެ ވިސާ ފީ މައާފުކޮށްދޭން ސަރުކާރުން އެދިއްޖެއެވެ.
ސަރުކާރުން ހުށަހެޅުއްވި ގޮތަށް އެކަން ނިންމަވައި ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހުގައެވެ.
ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، އެ ދަރިވަރުންގެ ވިސާއަށް ބަދަލެއް ގެނެސްފިނަމަ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެބްރުވަރީ 4 ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާޞަބާގެ ތަހުނިޔާ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965ގައެވެ.
advertisment
ހިޔާލު