ސީޓީއައިގެ ފަރާތުން ށ.ނަރުދޫ ސްކޫލުގައި ކެރިއަރ ގައިޑަންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިކެރިއަރ ގައިޑެންސް ޕްރޮގްރާމަކީ މުޖުތަމައަށް އަދި ސްކޫލުތަކަށް ފައިދާ ހުރި މަސައްކަތްތަކާއި ޕްރޮގްރާމްތައް ހިންގުމަށް ސީޓީއައިއިން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ގޮތުން މިފަހަރު ކުރިއަށް މިގެންދެވުނީ ނަރުދޫ ސްކޫލްގެ ދަރިވަރުންނަށް ލީޑަރޝިޕާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެކެވެ.
މުސްތަގްބަލުގައި ގައުމު ބިނާކުރުމުގެ މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކީ މިހާރު ކިޔަވާ ކުދިންކަމަށްވާއިރު އެކުއްޖަކު ދާން ބޭނުންވާ ދާއިރާއަކުން ލީޑަރެއްގެ ގޮތުގައި ފެނިގެން ދިއުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ސީޓީއައިއިން ދެކެއެވެ.
މި ކެރިއަރ ގައިޑަންސް ސެޝަންގައި އެސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ސެޝަން އެކުދިންނަށް ނަންގަވައި ދެއްވީ ސީޓީއައިގެ ކޯފައުންޑަރ ޑރ.ހުސެއިން ސަނީ އުމަރުއެވެ.
އެސްކޫލުން ވަނީ ސީޓީއައި އިން މިފަދަ ސެޝަނެއް ދަރިވަރުންނަށް ނަންގަވައިދެއްވިކަމަށްޓަކައި ސީޓީއައިއަށާއި އަދި ކޯފައުންޑަރ ސަނީ އުމަރުއަށްވެސް ޝުކުރު އަދާކޮށްފައެވެ.
ސީޓީއައިން އަންނަނީ މިފަދަ އެތައް ކެރިއަރ ގައިޑަންސް ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ހިންގަމުންނެވެ.
advertisment
ހިޔާލު