ޅައިމަގު ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސައިޓު ހަވާލުކޮށްފި

ސައިޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޅައިމަގު ސްކޫލް

ށ.ޅައިމަގު ސްކޫލުގެ އަށް ކްލާސްރޫމް އަދި މަލްޓި-ޕާޕަސް ހޯލް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސައިޓު ހަވާލުކޮށްފިއެވެ.

ސައިޓު ހަވާލުކޮށްފައިވަނީ، މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، ޔެސް މޯލްޑިވްސް ޕްރިއިވެޓް ލިމިޓެޑާއެވެ.

މި ރަސްމިއްޔާތުގައި، ސައިޓު ހަވާލުކޮށްދެއްވީ އެ ސްކޫލް ޕްރިންސިޕަލް މުޙައްމަދު ފަޔާޒް އަދި ސައިޓާ ހަވާލުވީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އަހުލަމް ރުޝްދީއެވެ.

މިހާރު ސްކޫލަށް ދިމާވަމުންދާ ދަތިތައް ފާހަގަކުރައްވަމުން، ޅައިމަގު ސްކޫލް ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ވިދާޅުވީ، ޖާގައިގެ ދަތިކަމުގެ އިތުރުން، ސްކޫލް ހިންގަމުންދަނީ ދެ ކެމްޕަހެއްގެ ގޮތުގައި ކަމުގައެވެ. އެގޮތުން، އޮފީސް އިމާރާތް އެންމެ ކެމްޕަހެއްގައި ހުރެފައި، މެނޭޖް ކުރުމަށްވެސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އެހެންކަމުން، އައު އިމާރާތާއެކު، އެއް ކެމްޕަހަކަށް ސްކޫލް ބަދަލުވެ، ދިމާވަމުންދާ ދަތިތަކަށްވެސް ހައްލު ލިބިގެންދާނެކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މި އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 16 މިލިއަން ރުފިޔާއަށެވެ. އަދި އިމާރާތް ނިންމަން ދީފައިވަނީ 365 ދުވަހުގެ މުއްދަތެވެ.

2011 ވަނަ އަހަރު ދެ ކެމްޕަހެއްގެ ގޮތުގައި ކިޔަވައިދޭން ފެށި ޅައިމަގު ސްކޫލަކީ، 174 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާ، އެއް ދަންފަޅިއަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *