އިންޑިޔާގައި ސްޓާޓްއަޕް ތަކަށް އެހީފޯރުކޮށްދޭ "ލެމަން އައިޑިއާސް" އިން އިންތިޒާމް ކޮށްގެން ހިންގާ އިނޯޕްރިނިއަރސް ސްޓާޓްއަޕް ކޮންޓެސްޓްގެ 7 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އިންޑިޔާގައި އެންމެ ހިނގާ ސްޓާރޓްއަޕް ކޮންޓެސްޓެވެ.
އަލަށް ފަށައިގަންނަ ވިޔަފާރިވެރިން ނުވަތަ އެންޓަރޕްރިނިއަރސް އަދި އެންޓަރޕްރިނިއަރ އަކަށްވާން ބޭނުންވާ ފަރާތްތަކަށް މި ސްޓާރޓްއަޕް ކޮންޓެސްޓަކީ ރަނުގެ ފުރުޞަތެކެވެ.
އުފެއްދުންތެރި ޚިޔާލްތަކެއް ގެންގުޅޭ ފަރާތްތަކަށާއި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް ދަޢުވަތު ވަނީ ފޮނުވާފައެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އިނޯޕްރިނިއަރސް ސްޓާރޓްއަޕް ކޮންޓެސްޓްގައި 20 ވުރެ ގިނަ ރޯޑްޝޯތަކާއި ވިޔަފާރީގެ ޚިޔާލުތަށް ހުށަހެޅުމުގެ 30 އަށްވުރެ ގިނަ ބުރު ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ބުރުތަކުން އެންމެ މަތީ ވަނަތަށް ލިބޭ ފަރާތްތައް " ޓޮޕް 150 ލީގް" އަށް ޕްރޮމޯޓް ވެގެންދާނެއެވެ. މި ލީގަށް ހޮވޭ ފަރާތްތަކުން ޕްރީ ފިނާލޭގެ ބުރުތަކާއި ވާދަކޮށް އަގުހުރި އެތަކެއް އިނާމްތައް ލިބިގެންދާނެއެވެ.

އަލަށް ވިޔަފާރިއެއް ފަށައިގެން އުޅޭ ފަރާތްތަކުގެ އިތުރުން ވިޔަފާރިއެއް ފެށުމުގެ ޚިޔާލު ގެންގުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެންވެސް މި ކޮންޓެސްޓުގެ ބައެއްގެ ގޮތުގައި "އިނޯޕްރިނިއަރސް އައިޑިއާސް ކޮންޓެސްޓް" ގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. މި ޚިޔާލު ހުށަހެޅުމުގެ ބަޔަށް ވެސް ޚާއްސަކޮށްގެން ވަކި އިނާމްތަކެއް ވަނީ ކަނޑައެޅިފައެވެ.

މި ސްޓާރޓްއަޕް ކޮންޓެސްޓް އަދި އައިޑިއާސް ކޮންޓެސްޓުގެ ހުށަހެޅުންތަށް ހުށަހެޅުމަށް ތަފާތު ދާއިރާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮވިޑް-19 ، ތަޢްލީމް، ދެމެހެއްޓެނިވި ތަރައްޤީ، ތިމާވެއްޓާއި ހަކަތަ، ޓެކްނޮލޮޖީ، ދަނޑުވެރިކަން، ސިއްޙަތު، އުފެއްދުންތެރިކަމުގެ ދާއިރާ، ވެބް ޚިދްމަތްތައް އަދި ސޯޝަލް އިމްޕެކްޓް ހިމެނެއެވެ.
އިންޑިޔާއާއެކު 15 އަށްވުރެ ގިނަ ޤައުމު ބައިވެރިވާ މި މުބާރާތަށް ޚިޔާލްތައް ހުށަހެޅުމުގެ ފުރަތަމަ ބުރު ބޭއްވަނީ އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހު ފެބްރުއަރީގައި ޒޫމް މީޓިންގ މެދުވެރިކޮށެވެ. މި މުބާރާތުގައި އިންޓަރނޭޝަނަލް ޕާޓްނަރއެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކޮށް ދެނީ އެންޖީއޯއެއް ކަމުގައިވާ ވިމަން އިން ޓެކް މޯލްޑިވްސް އެވެ.
މި ކޮންޓެސްޓުގައި ބައިވެރިވުމަށްޓަކައި އަދި އިތުރު މަޢުލޫމާތު https://innopreneurs.in/startup-contest މި ލިންކަށް ލިބޭނެއެވެ.
advertisment
ހިޔާލު