ކޮވިޑް 19އިން ރައްކާތެރި ވުމަށް ފަސް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ދޭނެ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދެމުންދާއިރު، ފަސް އަހަރުން މައްޗަށް ވެކްސިން ދެވޭނީ ވެކްސިން އިތުރަށް ހޯދައިގެން ކަމަށް ވާތީ، އެފަދަ ނިންމުމެއް ސަރުކާރުން މިހާތަނަށް ނިންމާފައެއް ނުވެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްގަފޫރު އިއްޔެ ވިދާޅުވީ ފަސް އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. 12 އަހަރާއި 18 އަހަރާ ދެމެދުގެ 84 އިންސައްތަ ކުދިނަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.
ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވެ ސްކޫލްތަކުގެ ކިޔެވައި ދިނުމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާލޭގެ ސްކޫލްތަކުގެ އަށަކުން ދަށުގެ ގުރޭޑް ތަކަށް ކިޔަވައި ދެމުން ގެންދަނީ ހަފްތާއަކު ދެ ދުވަހުއެވެ.
ކޮވިޑްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާރުގެ ހާލަތަށް ބަލައި ސްކޫލްތަކުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަ ކުރަމުންނެވެ.
advertisment
ހިޔާލު