އީފިއަސް ކޮލިޖިއޭޓުން މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކޮށްފި

އީފިއަސް ކޮލިޖިއޭޓުން މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކޮށްފިއެވެ.

އޭގެ ތެރޭގައި ޤާރީކޯސްތަކާއި، ޤުރުއާން މުދައްރިސްކަމުގެ ކޯސްތަކާއި، އަދި އިސްލާމްޓީޗިންގ ގެ ކޯސްތައް ހިމެނެއެވެ. އަދި މީގެ އިތުރުން އިމާމު ކޯސްތަކާއި ޢަރަބި ބަހުގެ ކޯސްތަކުގެ އިތުރުން މެނޭޖްމަންޓް ދާއިރާގެ ތަފާތު ކޯސްތަށް ހިމެނެއެވެ، އެގޮތުން މިއަހަރު އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ޕްރައިމެރީ ޓީޗިންގ އަދި އިނގިރޭސި ބަހުގެ ލެވެލް 3 ގެ ކޯސް ހިމެނެއެވެ. މިހާރު ވަނީ ދަރިވަރުންނަށް މި ކޯސްތަކުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. 2022ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައްތަކުގެ ތެރޭގައި

ސްކޫލް އޮފް ގުރުއާން

  • ޑިޕްލޮމާ އިން ދިރާސާތުލް ޤުރުއާނުލް ކަރީމް
  • ސެޓްފިކެޓް 4، 3، 2، 1 އިން ޤިރާއަތު

ސްކޫލް އޮފް ޓީޗިންގ

  • އެސޯސިއޭޓް ޑިގްރީ އިން ޓީޗިންގ ޤުރުއާން
  • އެސޯސިއޭޓް ޑިގްރީއިން ޓީޗިންގ ޤުރުއާން އެންޑް އިސްލާމް
  • އެސޯސިއޭޓް ޑިގްރީ އިން ޓީޗިންގ ޤުރުއާން
  • އެސޯސިއޭޓް ޑިގްރީ އިން ޕްރައިމެރީ ޓީޗިންގ
  • ޑިޕްލޮމާ އިން ޓީޗިންގ ޤުރުއާން
  • ޑިޕްލޮމާއިން ޓީޗިންގ ޤުރުއާން އެންޑް އިސްލާމް
  • ޑިޕްލޮމާ އިން ޓީޗިންގ އިސްލާމް
  • ޑިޕްލޮމާ އިން ޕްރައިމެރީ ޓީޗިންގ
  • ސެޓްފިކެޓް 4 އިން ޓީޗިންގ ޤުރުއާން
  • ސެޓްފިކެޓް 4 އިން އިސްލާމިކް ސްޓަޑީޒް

ސްކޫލް އޮފް އާރޓްސް

  • ޑިޕްލޮމާ ފޯރ އިމާމް
  • ސެޓްފިކެޓް 4،3،2،1 ފޯރ އިމާމް
  • ސެޓްފިކެޓް 3 އިން ސްޕޯކަން އެންޑް ރިޓަން އިންގްލިޝް
  • ޢަރަބިކް ލޭންގްއޭޖް ލެވެލް 3،2،1

ސްކޫލް އޮފް ބިޒްނަސް

  • އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް މެނޭޖްމެންޓް
  • އެސޯސިއޭޓް ޑިގްރީ އިން ޕްރޮޖެކްޓް މެނޭޖްމެންޓް
  • ޑިޕްލޮމާ އިން ބިޒްނަސް
  • ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމެންޓް
  • ޑިޕްލޮމާ އިން ހިޔުމަން ރިސޯސް މެނޭޖްމެންޓް
  • ޑިޕްލޮމާއިން މާރކެޓިންގ
  • ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމެންޓް
  • ސެޓްފިކެޓް 4 އިން ޕްރޮޖެކްޓް މެނޭޖްމެންޓް

ހުރިހާ ކޯސްތަކެއްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް،  "ޓީމްސް" އިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *