ކޮންމެ އަހަރަކުވެސް ކޮންސްޓެންސް މޫފުށި ރިސޯޓުން ދެމުންދާ ހަދިޔާތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ހަދިޔާ، ހިމަންދޫ ސްކޫލާ ހަވާލުކޮށްފިއެވެ. މިއަހަރު އެ ރިސޯޓްއިން ހަދިޔާ ކުރީ ޕްރީސްކޫލާއި ޕްރައިމަރީ ކުލާސްތަކަށް ބޭނުންވާ ޓީޗިން އެއިޑްއެވެ.
މި ޓީޗިން އެއިޑް ތެރޭގައި ފްލެޝް ކާރޑް، ސްޓިކާ، އަދި ޕޯސްޓަރ ހިމެނެއެވެ. ހިމަންދޫ ސްކޫލުން ބުނި ގޮތުގައި މި ތަކެއްޗަކީ ކިޔަވައިދިނުމުގައި ބޭނުންކުރަން ވަރަށް ބޭނުންތެރި ތަކެއްޗެކެވެ. މި ތަކެތި ބޭނުންކޮށްގެން ކުލާސްތައް ޝައުގުވެރިކަމާއެކު ޓީޗަރުންނަށް ގެންދެވޭނެކަންވެސް އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ.
މޫފުށިން ކޮންމެ އަހަރަކުވެސް އެ ސްކޫލަށް އެތައް ހަދިޔާއެއް ދޭކަން އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން މީގެ ކުރިން އެ ސްކޫލްގެ ލެބޯޓަރީއަށް ބޭނުންވާ ބައެއް ތަކެތި އެ ރިސޯޓްއިންވަނީ ހަދިޔާކޮށްފައެވެ. މޫފުށި ރިސޯޓް މެދުވެރިކޮށް ބައެއް ފަތުރުވެރީންވެސް އެ ސްކޫލަށް އެހީތެރިކަންދަނީ ފޯރުކޮށްދެމުންނެވެ.
މިފަދަ ކަންކަމުގެ ސަބަބުން މޫފުށި ރިސޯޓާއި، ސްކޫލާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާކަން އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި އެދޭ ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށް އެ ސްކޫލުންވަނީ ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު