ދަރިވަރުންނަށް ރެފަރެންސް ކުރާނެ ގޮތް ދަސްކޮށްދޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެވިޑް ކޮލެޖުން ވާޗުއަލް ސެޝަންއެއް ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ އެކަޑަމިކް (ދިވެހި އަދި އިގިރޭސި) ލިޔުންތަކުގައި ރެފަރެންސް ކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމަށާއި ފައިނޭންޝަލް ޕޮލިސީއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަންގެ ދިވެހި ބައިގެ ރެފަރެންސް ކުރާނެ ގޮތް ދަރިވަރުންނަށް ކިޔާ ދެއްވީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އަޝްރަފް އަލީއެވެ. އަދި ލިޓްރެޗަރ އިގިރޭސި ބައި ކުރިއަށް ގެންގޮސް ދެއްވީ ޑރ. ޒަކިއްޔާ މޫސާ، ޑެޕިއުޓީ ޑީން، ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންއާއި އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. މުހައްމަދު ސޯލިހުއެވެ.

މި ސެޝަންގައި އެވިޑް ކޮލެޖްގެ ރެކްޓަރ ސުނީނާ ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *