އައިޔޫއެމްއިން ތާނަ ބްރައިލް ލިޔަން ކިޔަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަނީ

ތާނަ ބްރައިލް ލިޔަން ކިޔަން ދަސްކޮށްދޭ ވޯކްޝޮޕެއް އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ވޯކްޝޮޕް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި 20 ފަރާތަކަށް ޖާގަ ލިބިގެންދާނެއެވެ.

މި ވޯކްޝޮޕްގައި ތާނަ ބްރައިލް ދަސްކުރުމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ. މި ވޯކްޝޮޕްގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެއެވެ. މި ވޯކްޝޮޕްގައި ކިޔަވައި ދެއްވާނީ އަލްގާރީ އަހުމަދު ރަޝީދު ޢަބްދުލް ޤާދިރުއެވެ. މި ވޯކްޝޮޕްއާއި ގުޅޭ އިތުރު މައުލޫމާތު އިސްލާމިކް ޔުނިވާސިޓީގެ ވެބްސައިޓުން ލިބެންހުރިއިރު 7733820ށް ގުޅާލުމުންވެސް ވޯކްޝޮޕްއާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ. މީގެ ކުރިންވެސް އިސްލާމިކް ޔުނިވަރސިޓީން ވަނީ މިފަދަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *