2021 ވަނަ އަހަރު ބޭއްވި އެޑެކްސެލް އިމްތިހާނުން ޏ.އަތޮޅު ތައުލީމީ މަރުކަޒު ގެ ދަރިވަރުން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ކާމިޔާބީއެއް ހޯދައިފިއެވެ. އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ ވިދާޅުވިގޮތުގައި އެ ސްކޫލްގެ 38 އިންސައްތަ ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައެވެ. އަދި މިއީ އެ ދަރިވަރުން ހާސިލް ކުރި ވަރަށް ރަނގަޅު ނަތީޖާއެއްކަން ޕްރިންސިޕަލް ވަނީ ފާހަގަކުރައްވާފައެވެ.
ގިނަ މާއްދާތަކުން ހުރިޙާ ދަރިވަރުން ވަނިީ 100 އިންސައްތައިން ފާސްވެފައެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އޭލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނުއިރު އެ ސްކޫލުން އިމްތިހާނުގައި ބައިވެރިވި 29 ދަރިވަރުންގެ ތެރެއިން 11 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ.
އެގޮތުން އެކައުންޓިން، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، ކެމިސްޓްރީ، އަދި ބަޔޮލޮޖީން ވަނީ 100 އިންސައްތަ ފާސް ހޯދައިފައިވެއެވެ. އަދި ހަމައެއާއިއެކު 90 އިންސައްތަ މަތިން އެޗްއެސްސީ އިމްތިހާނުންވަނީ ފާސްވެފައެވެ. އަދި ހިސާބު މި މާއްދާއިން 83 އިންސައްތަ ފާސްވެފައިވާއިރު ފިޒިކްސްއިން 75 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ. އެ ސްކޫލްގެ ކިޔެވުން ރަނގަޅު ކަމަށް ގިނަ މީހުން ފާހަގަކުރަނީ މިފަދަ އިމްތިހާނުތަކުން ދަރިވަރުން ހޯދަމުންގެންދާ މަތީ ނަތީޖާއިންނެވެ. އެންމެ ފަހުން ބޭއްވި ޖީސީއީއޯލެވެލް އިމްތިހާނުންވެސް އެ ސްކޫލުގެ 3 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ. އެއީ އެސްކޫލްގެ ތާރީހުގައިވެސް މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.
އަދި ސްކޫލްގެ އާއިޝަތު އަނާ މުހައްމަދަކީ މުޅި ރާއްޖެއިން ދިވެހިން 1 ވަނަ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ.
advertisment
ހިޔާލު