މަދަރުސަތުލް އިފްތިތާހުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފަށައިފި

މަދަރުސަތުލް އިފްތިތާހް:ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހް އެއްދަންފަޅި ސްކޫލަކަށް ބަދަލުކޮށް ކިޔަވައިދޭން ފިއެވެ. މިއަދު އެ ސްކޫލުން އެއްދަފަޅިއަށް ބަދަލުކުރީ އަލަށް އިމާރާތްކުރި 10 ކްލާސްރޫމްއާއި ސްޓާފް ރޫމްގެ އިތުރުން އޭވީ ރޫމް ބޭނުން ކުރަން ފެށުމާ އެކުގައެވެ.

އެ ސްކޫލުން ބުނި ގޮތުގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުގެ ސަބަބުން ސްކޫލްގެ އިދާރީ ކަންކަމާއި މަސައްކަތު މީހުން އަދި ޓިޗަރުންނަށް ކުރިން ދިމާވި ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެކަމަށެވެ. މީގެ ކުރިން ދެ ދަންފަޅިއަށް މުވައްޒަފުން ބަހާލައިގެން ކިޔެވުން ކުރިއަށް ގެންދިޔުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ވެސް އެ ސްކޫލުންވަނީ ފާހަގަކޮށްފައެވެ.

އިފްތިތާހުގެ އާ އިމާރާތުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގައެވެ. އެ އިމާރާތުގެ މަސައްކަތް ނިމި، ބޭނުން ކުރަން މިއަދު ފެށި ނަމަވެސް ކުލާސްތަކަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި ސްޓާފްރޫމްއަށް ބޭނުންވާ ބައެއް ތަކެތި ވީހާއަވަހަކަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަން އެ ސްކޫލުން ބުނެއެވެ.

އާ އިމާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް  އެހީތެރިކަން ފޯރުކޮށްދީފައި ވާތީ، ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އަދި ސްކޫލުގެ މުވައްޒަފުންނާއި އެޑިއުކޭޝަން މިނިސްޓްރީއަށް މަދަރުސަތުލް އިފްތިތާހްގެ މެނޭޖްމެންޓުގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *