އެޑިޔުކޭޝަން މެލޭޝިޔާ އެކްސްޕޯ އަންނަ ހުކުރު ދުވަހު ބާއްވަނީ

އެޑިޔުކޭޝަން މެލޭޝިޔާ އެކްސްޕޯ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ ހެންވޭރު މީރުމާ ހޯލްގައި ހުކުރުދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 4.00ން ރޭގަނޑު 9.00އަށެވެ. މި އެކްސްޕޯގައި މެލޭޝިޔާގެ ގިނަ ޔުނިވަރސިޓީތަކެއް ބައިވެރިވެއެވެ. އަދި މި ޔުނިވަރސިޓީތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ފުރުސަތު ހުޅުވިގެންދާނެއެވެ. މި އެކްސްޕޯގައި މި ޔުނިވަރސިޓީތަކާއި ގުޅޭ ދަރިވަރުންނަށް މަހު ފީން ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައެވެ.

ކޮންމެ އަހަރަރުވެސް މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތައް ގުޅިގެން މި އެކްސްޕޯ އަންނަނީ ބާއްވަމުންނެވެ. މި އެކްސްޕޯގައި 600 ޑިގްރީ، މާސްޓަރ އަދި ޕީއެޗްޑީ ޕްރޮގްރާމްގެ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ދަރިވަރުންނަށް ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

މި އެކްސްޕޯއިން ސީދާ ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރެވި އެތަންތަނުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެއެވެ. އަދި މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގެ މައުލޫމާތު ހިމެނޭ ފޮތްތަކާއި އިތުރު ހަދިޔާއެއްވެސް ލިބިގެންދާނެއެވެ. މި އެކްސްޕޯއަށް ހިލޭ ވަދެވޭއިރު މި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު ފޭސްބުކް ޕޭޖް އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ 2022 އިން ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *