ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ އެވޯޑާ ހަވާލުވާން އައްޑޫ ސިޓީ، ހިރާ ސްކޫލްއިން ޔޫއޭއީއަށް ފުރައިފިއެވެ.
ޑުބާއީއަށް ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒްގެ އެވޯޑްގައި ހިރާ ސްކޫލުން ވާދަކުރަނީ ގްލޯބަލް ހައި ސްކޫލް ކެޓަަގަރީގެ ސައުތް އޭޝިއާގެ ބައިންނެވެ. މި އެވޯޑް ދޭން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން، ފަސް ދާއިރާއަކަށް ބަހާލައިގެން ހޮވޭ ފަރާތްތަކަކަށް ދޭ ގޮތަށެވެ.

މި އެވޯޑްގެ ފައިނަލަށް ހިރާ ސްކޫލް ހޮވުނުކަން އިއުލާން ކުރީ ހުސްވި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ޕްރައިޒް އިއުލާންކުރުން އޮންނަނީ މި މަހު 17 ވަނަ ދުވަހުއެވެ. 2010 ވަނަ އަހަރު ފަށާފައިވާ ހިރާ ސްކޫލަކީ ގައުމީ މަންހަޖަށް ކިޔަވައިދޭ އަމިއްލަ ސްކޫލެކެވެ.
މިއަދު ހިރާ ސްކޫލުން މި ހަފްލާއަށް ފުރާފައިވާ ދަރިވަރުންނަށް ސްކޫލް މެނޭޖްމެންޓުގެ ނަމުގައި ވަނީ ކާމިޔާބީއަށް އެދިފައެވެ.
advertisment
ހިޔާލު