ގައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުން 2022ގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވަނީ 113 ކޯހެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 27ގެ ނިޔަލަށެވެ.
ފެބްރުއަރީ އިންޓޭކް 2022ގައި އެ ކެމްޕަސްއިން 30 ކޯހަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ކޯސްތަކާއި ގުޅޭ މައުލޫމާތު http://course.mnu.edu އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު