ނޫ ރާއްޖެ ޕްރޮޮގްރާމުން 3 ސްކޫލަކަށް ފައިސާގެ އިނާމް ހަވާލުކޮށްފި

2020 ވަނަ އަހަރު ބޭއްވި ކެމްބްރިޖް އިމްތިހާނުން މެރިން ސައިންސް މާއްދާއިން އެންމެ މަތީ ނަތީޖާ ހޯދި 3 ސްކޫލަކަށް ނޫ ރާއްޖެ ޕްރޮގްރާމުން ފައިސާގެ އިނާމް ހަވާލްކޮށްފިއެވެ.
އެންމެ މަތިން ނަތީޖާ ހޯދި 3 ސްކޫލްގެ ތެރޭގައި ހިމެނެނީ ޖަމާލުއްދީން ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލެވެެ. މި އިނާމް ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަަސަންއާއި ފިޝަރީޒް ޑިޕާރޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދާއެކު މި 3 ސްކޫލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މެރިން ސައިންސް ދާއިރާއަށް ދަރިވަރުން ޝައުގުވެރިކުރުމަށް ސްކޫލުތަކުން ކޮށްފައިވާ ބުރަ މަސަައްކަތް ފާހަގަކޮށް މިނިސްޓަރ ވަަނީ ޝުކުުރު އަދާކުރައްވާފައެވެ.

ނޫ ރާއްޖެއަކީ  ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

ފަސް އަހަރުގެ މި ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕަރިޓީ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތް ކުރުމާއި، ކަނޑުފަޅުތަކުގެ ނަފާ އެންމެ އެދެވޭނެހެން ހޯދުމަށާއި އަދި ކަނޑުފަޅުތަކުން އިގްތިސާދަށާއި ތިމާވެއްޓަށް ހެޔޮ ކުރިމަގެއް ހޯދައިދިނުމުގެ މަޤްސަދުގައި ފެށި ޕްރޮގްރާމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *