މިއަހަރުވެސް ސްކޫލްތަކަށް ބިއްލޫރި ފުޅި ހަދިޔާކުރަނީ

ދިިއްދޫ ކުރިމަގު ޖަމްޢިއްޔާގެ ފަރާތުން މިއަހަރުވެސް ސްކޫލްތަކަށް ބިއްލޫރި ފުޅި ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ބޭނުންކުރުން މަދު ކުރުމަށް ހިންގޭ ޕްރޮގްރާމްއެކެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަަމަ ފުޅި ހަދިޔާކޮށްފައިވަނީ ބާރަށު ސްކޫލަށެވެ.

އެ ޖަމްޢިއްޔާގެ އަމާޒަކީ މި މަސް ނިމުގެކުރިން ހދ. ގެ ރަށްތަކުގެ ސްކޫލުތަކަށްް ފުޅި ބަހާ ނިންމާލުމެވެ. މިހާރު ހއ އަތޮޅުގެ ސްކޫލްތަކަށް ބިއްލޫރިފުޅި ބަހާ ނިމިފައިވާއިރު  މާލެވެސް ހިމެނޭހެން ގިނަ ސްކޫލުތަކަކަށް ވަނީ މިހާތަނަށް ފުޅި ހަދިޔާކޮށްފައެވެ. 

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން މި ޖަމްޢިއްޔާގެ ރައީސް އަބްދުﷲ މާހިރު ވިދާޅުވީ އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގައި ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމެވެ. އަދި މުސްތަގްބަލްގައި އެ ޖަމްޢިއްޔާގެ ފަރާތުން ސްކޫލްތަކާއި ގުޅިގެން އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެކަމަށް ޖަމްޢިއްޔާގެ ރައީސް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *