ދަރަޖަ ލަރނިންގ ސެންޓަރުން އައު ކްލާސްތަކެއް ފަށަނީ

ދަރަޖަ ލަރނިންގ ސެންޓަރުން ދަރިަވރުންނަށް އަކުރާއި ފިލި ކިޔަވައިދިނުމުގެ ތެރެއިން؛- ފޮޓޯ: ދަރަޖަ ލަރނިންގ ސެންޓަރ

16 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްސަކޮށް، ދަރަޖަ ލަރނިންގ ސެންޓަރުން އައު ކްލާސްތަކެއް އަންނަ މަހު ފަށަން ނިންމައިފިއެވެ.

6 ފެބްރުއަރީ ގައި ފެށުމަށް ހަމަޖެހިފައިވާ ކްލާސްތަކަކީ، ދަރަޖަ އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް، ހައެއް، ހަތެއް އަދި ޙިފްޡް ކްލާސް އެކެއް އަދި 2 ކެވެ. މީގެ އިތުރުން، ދަރަޖަ އެކެއް، ދޭއް، ތިނެއް ހަދާ ދަރިވަރުންނަށް އިޚްތިޔާރީ ކޯސްތަކެއްވެސް މި ސެންޓަރުން ކުރިއަށް ގެންދެއެވެ. މި އިޚްތިޔާރީ ކޯހުގައި ކިޔަވައިދޭ މާއްދާތަކަކީ، އިސްލާމް، ޢަރަބި އަދި ދިވެއްސެވެ. އިސްލާމް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދުވަހަށް ކަމަށްވާއިރު، ޢަރަބި އަދި ދިވެހި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފްތާއެކު ދެ ދުވަހުއެވެ. މި ކްލާސްތައް ނަގައިދެވޭނީ ދަރަޖަ ކްލާސްތަކަށް ފަހު އިތުރު 35 މިނިޓަށެވެ.

ދަރަޖަ ލަރނިންގ ސެންޓަރުން ދަރިަވރުންނަށް އަކުރާއި ފިލި ކިޔަވައިދިނުމުގެ ތެރެއިން؛- ފޮޓޯ: ދަރަޖަ ލަރނިންގ ސެންޓަރ

ދަރަޖަ ކްލާސްތަކުގައި ކިޔަވައިދެނީ މުޅިއެކު ހަތަރު ބައެވެ. އެއީ އަކުރު ކްލާސް، ފިލި ކަލިމަ ކްލާސް، ޢަންމާފޮތް ކްލާސް އަދި ހަތިމް ކްލާހެވެ. ދަރަޖަ އެކެއް ދޭއް ތިނެއް (އަކުރު ކްލާސް، ފިލި ކަލިމަ ކްލާސް އަދި ޢަންމާފޮތް ކްލާސް) ކިޔަވައިދޭނެ މުއްދަތަކީ 4.5 މަސް ދުވަހެވެ.  ދަރަޖަ ހަތަރެއް، ފަހެއް  އަދި ހައެއް (ޚަޠިމް ކްލާސްތައް) ކިޔަވައިދޭން ހަމަ ޖެހިފައިވަނީ ހަމަސް ދުވަހުގެ މުއްދަތަށެވެ. އަދި ދަރަޖަ ހަތެއް (ޚަޠިމް ކްލާސް) ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ. ދަރަޖަ ކްލާސްތައް އޮންލައިންކޮށް ނުވަތަ ކްލާހަށް ހާޒިރުވެގެން ކިޔަވައިގޮތަށްވެސް އިޚްތިޔާރު ދީފައިވެއެވެ.

ދަރަޖަ ލަރނިންގ ސެންޓަރުން ދަރިަވރުންނަށް އަކުރު ކިޔަވައިދިނުމުގެ ތެރެއިން؛- ފޮޓޯ: ދަރަޖަ ލަރނިންގ ސެންޓަރ

ހިފްޡް ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ދެ މަސްދުވަހުގެ މުއްދަތައްކަމަށްވާއިރު، މި ކްލާސްތައް ކުރިއަށްގެންދެވޭނީ ކްލާހަށް ހާޒިރުވެގެންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *