ސްކޫލްތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކް އެޅުމަށާއި އަދި ގްރޫޕް ހަދައިގެން ކައި ބޮއެ ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިފައިވަނީ ދެވަނަ ޓާމަށް ސްކޫލްތަށް ހުޅުވޭއިރު، އޮމިކްރަން ވޭރިއަންޓައި ގުޅިގެން ހެލްތް ޕްރޮޓެކަޝަން އެޖެންސީ (ެޗްޕީއޭ)އިން ނެރެފައިވާ އިއުލާނަށް ސްކޫލްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.
އެ ގޮތުން ސްކޫލްތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން އުޅުމަށާއި އަދި މިދުވަސްވަރު ދަރިވަރުންނާއި މުއައްޒަފުން ސްކޫލް ތެރޭގައި އެއްތަނަކަށް އެއްވެ ގްރޫޕް ހަދައިގެން ކައިބޮއި ނުހެދުމަށްވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެޗްޕީއޭއިން މި ހާލަތާއި ގުޅިގެން އާއްމުކޮށްފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އެ ގޮތުން ދަރިވަރުންނާއި މުއައްޒަފުން މާލެ އަންނަތާ 3 ނުވަތަ 4 ދުވަސް ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެކަމަށާއި އަދި މި ޓެސްޓްގެ ނަތީޖާ ނުލިބެނީސް ސްކޫލަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މޮނިޓަރިންގގެ ހާލަތުގައި އޮންނަ ރަށްރަށުގެ ދަރިވަރުންނާއި މުއައްޒަފުން އެހެން ސްކޫލަކަށް ހާޒިރުވާނަމަ އެ ރަށަށް ދާތާ 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޕީސީއާރު ހެދުމަށްފަހު ނަތީޖާ ނުލިބެނީސް ސްކޫލަށް ހާޒިރުނުވުމަށްވެސް ވަނީ އަންގާފައެވެ.
އަދި ސްކޫލްތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައިވެސް ސައިބޯނިލައިގެން އަތްދޮވެވޭނެ ގޮތްތަކާއި ސެނިޓައިޒަރ ލިބޭނެ ގޮތް ހަމަޖައްސާފައިބެހެއްޓުމާއި، އަދި މިނޫނަސް ރައްކާތެރިކަމުގެގޮތުން އަޅަން ޖެހޭ މުހިއްމު ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
advertisment
ހިޔާލު