46 ޒުވާނުންނަށް އައު ވިޔަފާރިއެއް ފަށަން 12 މިލިއަން ރުފިޔާ ހަވާލުކޮށްފިއެވެ.
މިއެހީއަކީ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ބިނާކުރުވަނިވި ހިޔާލު ހުށަހަޅައި ކާމިޔާބު ވިޔަފާރިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަ ޖެއްސުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި އިކޮނިމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދިޔަ "ޕިޗް އަޕް ޔޫތު އޮންޓްރޮނަޝިޕް ޗެލެންޖް" ކާމިޔާބުކުރި ފަރާތްތަކަށް ދީފައިވާ އެހީތަކެކެވެ.
އެ ގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ޝާމިލްވާ 23 އާ ވިޔަފާރިވެރިއަކަށް 12.4 މިލިއަން ރުފިޔާގެ ގްރާންޓް ވަނީ އެވޯޑްކޮށްފައެވެ.
އެއީ ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ހަ ވިޔަފާރިއަކާއި އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ފަސް ވިޔަފާރިއަކާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެކެވެ.
ޕިޗް އަޕް ޔޫތު އޮންޓްރޮނަޝިޕް ޗެލެންޖްގެ ދަށުން 192 ވިޔަފާރީގެ ހިޔާލު ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ފަހުން އެ ހިޔާލުތައް ޝޯޓު ލިސްޓްކޮށް 73 ފަރާތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފައެވެ.
advertisment
ހިޔާލު