ހަނިމާދޫ ސަޢާދާ ޕްރީ ސްކޫލަށް އެރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީން އެހީވަނީ

ހަނިމާދޫ ސައާދާ ޕްރީސްކޫލަށް ފައިސާއާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމީޓީން ނިނަމްއިފިއެވެ.

ސަޢާދާ ޕްރީ ސްކޫލް ހިންގަމުން އަންނަނީ ހަނިމާދޫ ޒުވާނުްންގެ ޖަމިއްޔާގެ ފަރާތުންންވެ. އެހީތެރިކަން ބޭނުންވެގެން އެ ޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލްތަކުގެ މައްޗަށް ބިނާކޮށް، 25،000 ރުފިޔާގެ ފައިސާގެ އެހީއެއް ކައުންސިލުން ދޭން ނިންމާފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދޭނީ ފަނަރަހާސް ރުފިޔާގެ ސާމާނެވެ.

ސަޢާދާ ޕްރީ ސްކޫލްގައި ބޭބީ ނާސަރީއަށާއި ނާސަރީގައި 53 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މި ސްކޫލްގަ ކިޔަވައި ދޭން ފަށާފައި ވަނީ 2001 ވަނަ އަހަރުއެވެ. 2012 ވަނަ އަހަރު ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އައި ބަދަލާއިއެކު އެ ސްކޫލުގެ އެލްކޭޖީ ގައި ކިޔަވަމުން ދިޔަ ދަރިވަރުން ވަނީ ސަރުކާރު ސްކޫލަށް ބަދަލުކޮށްފައެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *