އެވްރީވަންސް ލަރނިންގ ސެންޓަރު (އީއެލްސީ)ން ޙާއްސަ އިންގްލިޝް ލެންގުއެޖް ޕްރޮގްރާމް އަދި އެންރިޗްމެންޓް ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވަލައިފިއެވެ.
"ސްޕޯކެން އިންގްލިޝް އެންޑް އިންގްލިޝް ޕްރޮގްރާމް" އަދި "އެންރިޗްމެންޓް ކްލާސް" ތަކަކީ ކޮންމެ އަހަރަކު ވެސް ބާއްވަމުންގެންދާ ހަރަކާތްތަކެކެވެ.
"ސްޕޯކެން އިންގްލިޝް އެންޑް އިންގްލިޝް ޕްރޮގްރާމް" ގައި ދަސްކޮށްދޭ ބައިތަކަކީ، ކެމްބްރިޖް އިންގްލިޝް އޯލެވެލް، ކެމްބްރިޖް އީއެސްއޯއެލް އެގްޒަމިނޭޝަން، ވައިއެލްއީ، ކޭއީޓީ، ޕީއީޓީ، އެފްސީއީ، ސީއޭއީ އަދި ސީޕީއީ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކަކުން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމް ކުރައަށް ދާނީ ހަފްތާއަކު ފަސްދުވަހު، ދުވާލަކު އެއް ގަޑިއިރަށެވެ.
މި ސެންޓަރުން، އަހަރީކޮށް ގެންދާ އެންރިޗްމެންޓް ކްލާސްތަކުގައި ކިޔަވައިދޭނީ އިނގިރޭސި، ހިސާބު، ސައިންސް އަދި އަރޓްސްއެވެ. އަދި މި ކްލާސްތަކުގައި ބައިވެރިވެވޭނީ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކަކުން ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. ހަފްތާއަކު ފަސްދުވަހު، ދުވާލަކު ދެ ގަޑިއިރަށް ކިޔަވައިދޭ މި ކްލާސްތަކުގެ މަހު ފީއަކީ 1500 ރުފިޔާ އެވެ.
2001 ވަނަ އަހަރުން ފެށިގެން އީއެލްސީން ދަނީ ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް އިނގިރޭސި ދަސްކޮށްދީ، ބައިނަލްއަޤްވާމީ އެތައް އިމްތިހާނަކުން ފުރުޞަތު ދެމުންނެވެ. އެވްރީވަންސް ލަރނިންގ ސެންޓަރުން ގެންދާ މިފަދަ ހަރަކާތްތަކުގެ މަޤްސަދަކީ ދަރިވަރުން އިނގިރޭސިން ވާހަކަދެއްކުން، ލިޔުން، ކިޔުން އަދި އަޑުއެހުމުގެ ހުނަރު ތަރައްޤީކޮށް އުނގަންނަޢީދިނުމެވެ.
advertisment
ހިޔާލު