ކުޑަކުދިން އިމާމްވެ ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް މަތިވެރި ލަރނިންގ ސެންޓަރުން ފަށަން ނިންމައިފިއެވެ.
އިމާމުން އުފެއްދުމަށްޓަކައި ފެށޭ މި ޕްރޮގްރާމް ކުރިއަށްގެން ދަނީ މިސްކިތުގައެވެ. މި ވަރކްޝޮޕް ކުރިއަށްދާނީ 10 ދުވަހުގެ މުއްދަތަކަށެވެ. އަދި މި ވަރކްޝޮޕުގައި ބައިވެރިކުރަނީ ގްރޭޑް އެކަކުން ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
މި ޕްރޮގްރާމުގައި އިމާމްވެ ނަމާދުކުރަން ދަސްކޮށްދޭއިރު،. ބަންގި ގޮވުމާއި، ނަމާދުގެ ފިޤުހާއި، ނަމާދުގެ ޛިކުރުތައް ދަސްކޮށްދިނުމާއި، ޚުޠުބާ ކިޔަން ދަސްކޮށްދިނުމާއި ޤުރްޢާން ކިޔަވަން ދަސްކޮށްދޭނެއެވެ. ޤުރްޢާނުން ދަސްކޮށްދޭނީ ޤުރައިޝް ސޫރަތުން ނާސް ސޫރަތާ ހަމައަށެވެ.
މަތިވެރި ލަރނިންގ ސެންޓަރުން ޤަބޫލުކުރާ ގޮތުގައި، އިމާމުކަން ދަސްކުރަން ވާނީ ހަމައެކި ބޮޑެތި މީހުން އެކަންޏެއް ނޫނެވެ. ކުޑަކުދިންނަށް ވެސް، ޅަ އިރުންފެށިގެން އިމާމުކުރަން ދަސްކޮށްދީފިނަމަ، އެ ކުދިން ބޮޑުވެ މިސްކިތުގައި އިމާމަކަށް ވުމަށް އޮތް ފުރުޞަތު ބޮޑުކަމަށް އެ ސެންޓަރުން ގަބޫލުކުރެއެވެ.
575 ރުފިޔާގެ ފީއަކާއެކު މި ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ސެޓްފިކެޓެއް ދޭން މަތިވެރި ލަރނިންގ ސެންޓަރުން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު