ޔޫޑަބްލިޔު.ސީ އިން ސްކޮލަޝިޕްގެ ފުރުސަތުތަކެއް ދެނީ

ޔުނައިޓެޑް ވޯލްޑް ކޮލެޖަސް އިން ސޮކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

15 އަހަރާއި 17 އަހަރާއި ދެމެދު ދަރިވަރުންނަށް ހުޅުވާލި މި ފުރުސަތަކީ ޔޫޑަބްލިޔުސީއިން ދިވެހި ދަރިވަރުންނަށްދޭ ފުރުސަތެކެވެ.

18 ގައުމެއްގައި ޔޫޑަބްލިޔުސީ ގެ ކޮލެޖްތައް ހުންނައިރު މި ސްކޮލަޝިޕްއަށް ފުރުސަތު ލިބިގެންދާނީ އެ ފުުރުސަތު ހުޅުވާލާ ގައުމެއްގެ ކޮލެޖްއަކުންނެވެ. ކޮންމެ އަހަރަކުވެސް 3 ނުވަތަ 5 ދަރިވަރުންނަށް މި ފުރުސަތު ލިބިގެންދާނެ ކަމަށް ޔޫޑަބްލިޔުސީ މޯލްޑިވްސްއިން ބުނެއެވެ. މި ސްކޮލަޝިޕްގެ ދަށުން ފުރާ ކޮންމެ ދަރިވަރެއްގެ ބެލެނިވެރިއެއްގެ ރޯލު މައިންބަފައިންނާއެކު ޔޫޑަބްލިޔުސީއިން އަދާކުރަނެކަމަށް އެ ފަރާތުން ބުނެއެވެ.

ޔުނައިޓެޑް ވޯލްޑް ކޮލެޖަސް އަކީ ތަޢުލީމުގެ ޒަރިއްޔާއިން ދުނިޔޭގެ މަޝްރަހުގައި އެއްބައިވަންތަކަން އާލާކޮށް އެކި އެކި ޤައުމުތަކާއި ސަގާފަތާއި ސުލްޙަވެރި ގުޅުމެއް އުފައްދާ، ދެމެހެއްޓެނިވި (ސަސްޓޭނަބަލް) މުސްތަޤުބަލަކަށް މަގުފަހި ކުރުމަށްޓަކައި ހިންގޭ ބައިންލްއަޤުވާމީ ހަރަކާތެކެވެ. މި އަހަރު މި ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 29 އެވެ. މި ސްކޮލަޝިޕްއަށް ކުރިމަތިލުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށައެޅޭނެއެވެ. https://bit.ly/3dIT9Ht

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *