ސްކިލް ޓްރެނިންގް ސެންޓަރުގެ ފަރާތުން ހޮލިޑޭ 9 ޕްރޮގްރާމެއް ފަށައިފިއެވެ.
މިޕްރޮގްރާމް ކުރިއަށްދާނި މިމަހުގެ 5ން 15 ގެ ނިޔަލަށެވެ. މި ޕްރޮގްރަމްގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ 3 އަހަރާއި 5 އަހަރާއި ދެމެދު އަދި 6 އަހަރާއި 8 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ކޮންމެ ދުވަހަކުވެސް މި ސެޝަންތައް ކުރިއަށްދާނީ ހެދުނު 10.00ން ހަވީރު 4.00 އަށެވެ.

މިއީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ އެ ޓްރެއިނިންގ ސެންޓަރގެ ޓީޗަރުންނެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ފެށުމާއިއެކުވެސް މި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ސްކިލް ޓްރެއިނިންގ ސެންޓަރގެ ފައުންޑަރ ދިމްނާ ފާކިރު ވިދާޅުވީ މިއީ ސްކޫލު ޗުއްޓީ ތެރޭގައި ގޭގައި ތިބޭ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ އޮންލައިން ކްލާސްތަކެއް ކަމަށާއި އަދި މިއީ ސްކޫލުގެ 2 ވަނަ ޓާމްއަށް ތައްޔާރުވުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ދިމްނާ ވިދާޅުވީ އޮންލައިންކޮށް މިފަދަ ޕްރޮގްރާމް ކުރިއަށް ގެންދަނީ ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަތޮޅުުތެރޭގައިވެސް މި ފަދަ ފުރުސަތެއް ބޭނުންވެފައި ތިބި ކުދިން އެބަތިބި ކަމަށާއި އެހެންކަމުން މިއީ އެކުދިންނަށްވެސް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށެވެެ. އަދި މި ޕްރޮގްރާމްތަކަށް ކުދިންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މި ޕްރޮގްރާމްތަކުގައި ގިނަ ކުދިން ބައިވެރިވާއިރު މިއީ ޝައުގެވެރި ޕްރޮގްރާމްތަކަކަށް ވަނީ ވެފައެވެ.
advertisment
ހިޔާލު