މާލޭގެ ސްކޫލްތަކުގެ މުވައްޒަފުންނަށް މިނިމަމް ވޭޖްއާއިގުޅޭ މައުލޫމާތުދީފި

މާލޭގެ ސްކޫލްތަކުގެ މުވައްޒަފުންނަށް މިނިމަމް ވޭޖްއާއި ގުޅޭ މައުލޫމާތު ދިފިއެވެ.

ރޭ މާލޭގައި ބޭއްވި ސެޝަންގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރޭ މާލޭގެ ސްކޫލްތަކުގެ މުވައްޒަފުންގެ ތެރެއިން އެސްއެސް 1އިން ފެށިގެން ޖީއެސް 4 ރޭންކުގެ މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސްއާއި ގުޅޭ މައުލޫމާތުވަނީ ދީފައިކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅައި މި މަހުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި 11،828 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖް ވަނީ، މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެސްއެސް 1އިން ފެށިގެން ޖީއެސް 4 ރޭންކްއައި ދެމެދުން 8 ރޭންކުގެ މުވައްޒަފުންނަށް ހަމަޖައްސާފައެވެ.

އަސާސީ އެއްވެސް މުސާރައަކަށް ބަދަލެއް ނާންނައިރު މުސާރައަށް ބިނާކޮށްދޭ އިތުރު ގަޑީގެ އެއްވެސް އިނާޔަތަކަށްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

މިމަހުން ފެށިގެން މިނިމަމް ވޭޖާއެއްގޮތަށް މުސާރަ ހަމަޖައްސާނީ ހަމައެކަނި ދިވެހިންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *