ސްޓޫޑަންޓް ލޯނަށް މިމަހުތެރޭ ހުޅުވާލާނެ

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ

މިމަސް ނިމުގެ ކުރިން ސްޓޫޑަންޓް ލޯނަށް ހުޅުވާލާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ  ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އެމަނިކުފާނު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ސްޓޫޑަންޓް ލޯން ސްކީމް އިއުލާން ކުރާނެކަމަށާއި އެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.  މިނިސްޓަރ ވިދާޅުވީ އަބަދުވެސް ސްކީމްތަކުގައި އެކި ދާއިރާގެ ސްލޮޓްތައް ރިޒާވް ކުރާކަމަށާއި އަދި ކުރީގެ ސްކީމްތަކާ ހިލާފަށް މި ސްކީމްގައި ހެޔޮ ބަދަލެއް ހުންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް ލޯނަށް އެދޭއިރު އެދަރިވަރަކު އެދޭ ލޯން ސްކީމެއްގެ ފުރިހަމަ މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން އެކިއެކި ސްކޮލަޝިޕްތަކަށް ފުރުސަތުތައް ހުޅުވާލައިފަވާއިރު ހަންގޭރީ ސަރުކާރުން ރާއްޖެއަށް 60އަށް ވުރެ ގިނަ ފުރުސަތުތައް ވަނީ ދީފައެވެ.

މިނިސްޓަރ ވިދާޅުވީ އެކި ސްކޮލަރޝިޕްގެ މައުލޫމާތު އެކި މަސްތަކުގައި ހާމަކުރާނެކަމަށާއި އަދި މި ސްކޮލަރޝިޕްތަކާއި ގުޅޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންވެސް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *