ހިޔާ ފައުންޑޭޝަންގެ ފަރާތުން ހޯނޑެއްދޫ ސްކޫލަށް ފޮތް ހަދިޔާކޮށްފި

ހިޔާ ފައުންޑޭޝަންގެ ފަރާތުން ގދ. ހޯނޑެއްދޫ ސްކޫލަށް ފޮތް ހަދިޔާކޮށްފިއެވެ.

ހިޔާ ފައުންޑޭޝަންއަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ. މި ގޮތުން އެ ފައުންޑޭޝަންގެ ފަރާތުން ރަށްރަށުގެ ސްކޫލްތަކަށާއި ސްކޫލުތަކުގެ ލައިބްރަރީތަކަށް އަދި މިސްކިތްތަކަށް ދީނީ ފޮތް ބެހުމާއި އަދިވެސް މި ނޫން އެކި އެކި އެހީތެރިކަން ފޯރުކޮށްދެއެވެ.

ހޯނޑެއްދޫ ސްކޫލަށް ހިޔާ ފައުންޑޭޝަންގެ ފަރާތުންް ފޮތް ހަދިޔާ ކުރަނީ.  ފޮޓޯ: ހޯނޑެއްދޫ ސްކޫލް

އަދި މި ފައުންޑޭޝަންގެ ފަރާތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ގުޅިގެން އެ ސިއްހީ މަރުކަޒުތަކުގެ އެކި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ. އަދި އެކި ރަށްތަކުގެ ޓާފް ދަނޑު އެޅުމަށް މި ފައުންޑޭޝަންގެ ފަރާތުން އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން މި ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ އައިމިނަތު ޔުމްނާ ވިދާޅުވީ ސްކޫލްތަކަށް ފޮތް ހަދިޔާ ކުރުމަކީ އެ ފައުންޑޭޝަނުން ވަރަށް މުހިއްމު ސަމާލުކަމެއް ދެއްވައިގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ފައުންޑޭޝަންގެ ފަރާތުން އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވާނެ ކަމަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރުމަހު ފެށި މި މަސައްކަތުގައި ޖުމްލަ ދެ ރަށެއްގެ ސްކޫލަށް ފޮތް ވަނީ ހަދިޔާ ކޮށްފައެވެ. ހޯނޑެއްދޫ ސްކޫލުންވަނީ، ހިޔާ ފައުންޑޭޝަނުން މި ފޮތްތައް ހަދިޔާކޮށްދިންކަމަށްޓަަކައި އެ ފައުންޑޭޝަނަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *