އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއާއި އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ އަރަބިކް ލޭންގުއޭޖް ލަރނިންގ ސެންޓަރާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އަރަބި ބަސް އުގަންނައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.
އިސެސްކޯއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ތައުލީމީ ދާއިރާ، ސައިންސްގެ ދާއިރާ އަދި ސަގާފަތުގެ ދާއިރާއިން ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނަ އޯގަނައިޒޭޝަންއެކެވެ. މި އޯގަނައިޒޭޝަންގެ މައި އޮފީސް ހުންނަނީ މޮރޮކޯގެ ރަބާތްގައެވެ. މި އޯގަނައިޒޭޝަންގެ ފަރާތުން ކޮންފަރެންސްތަކާއި، ޕްރޮޕޯޒަލްތައް އެކްޒެކެޓިވް ކައުންސިލުން ތައްޔާރުކުރުމާއި އަދި އެހެން ގައުމުތަކުގައި މި އޯގަނައިޒޭޝަންގެ ދަށުން ހިންގާ އެކިއެކި ސެންޓަރުތައް ގާއިމްކުރުން ހިމެނެއެވެ.
ރާއްޖޭގައިވެސް މި އޯގަނައިޒޭޝަންގެ ފަރާތުން އެކި އިންސްޓިޓިއުޓްތަކާއި ގުޅިގެން ގިނަ ޕްރޮގްރާމްތައް އަންނަނީ ރާވައި ހިންގަމުންނެވެ. ހާއްސަކޮށް އަރަބި ތައުލީމް ރާއްޖޭގައި ފުޅާކޮށް މި އިލްމް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި މި އޯގަނައިޒޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަ ކުރެވެއެވެ. މި އޯގަނައިޒޭޝްގެ މަސައްކަތްތައް 4 ރީޖަނެއްގައި 54 މެމްބަރ ސްޓޭޓްގައި ކުރިއަށް ދެއެވެ. އެ ގޮތުން އެފްރިކާ، އޭޝިއާ، މެދުއިރުމަތި އަދި ސައުތު އެމެރިކާ ހިމެނެއެވެ.
advertisment
ހިޔާލު