އެސްޓީއޯއާއި ޔޫތު މިނިސްޓްރީން ޒުވާނުން ތަމްރީންކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެސްޓީއޯއިން ޒުވާނުންގެ މަރުކަޒާ ގުޅިގެން ޒުވާނުން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލްއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒުހާއެވެ.

އެސްޓީއޯއިން ބުނީ ޔޫތު މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް އިތުރު ތަޖްރިބާ ލިބި އިތުރު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މިއީ ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެސްޓީއޯއިން މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެމްޓީސީސީންވެސް ވަނީ "ހުނަވަރު"ގެ ނަމުގައި މަސައްކަތްތެރި ޒުވާނުން މުޖުތަމައުއަށް ނެރުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގާފައެވެ. އަދި އެޗްޑީސީންވެސް ވަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިދިޔަ އަހަރު ފަހު ކޮޅު ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *