އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަދަލު ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ބައްލަވާލައްވައިފިއެވެ.
އަރަބިއްޔާ ސްކޫލް އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ މިހާރު ކިޔަވައިދެމުންދާ އިމާރާތުގެ ހާލަތު ދަށްވެ، އެ އިމާރާތަކީ ދަރިވަރުން ކިޔެވުމަށް ރައްކާތެރި ތަނަކަށްނުވާތީ އެކަމުގެ ކަންބޮޑުވުން ބެލެނެވެރިން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ބެލެނެވެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ އިސް ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓަރާވެސް ވަނީ ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދިނުމަށް އިއްޒުއްދީން ސްކޫލް ސަރުކާރުން ހަމަޖައްސައިދިނެވެ. ނަމަވެސް އެ މި ނިންމުމަށް ބެލެނިވެރިންވަނީ ހިތްހަމަ ނުޖެހި، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ސްކޫލުގެ ކިޔެވުން ބަދަލުކޮށްފިނަމަ ދިމާވެދާނެކަންތައްތައް ފާހަގަކޮށް އެކަމާ ގުޅިގެންވެސް ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އޭގެ ފަހުން ސަރުކާރުންވަނީ އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތް އަޅަން ބާޖަމާލުއްދީން ސްކޫލް ބިން ހަމަޖައްސައިދީފައެވެ.
އަދި ވަގުތީގޮތުން އެ ދަރިވަރުން އެމްޓީސީސީ ސޯމިލް އިމާރާތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
advertisment
ހިޔާލު