އުރީދޫން ކެންގަރޫ ކިޑްސް ހިމެނޭ ގޮތަށް ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ ގޮތް ހަދައިފިއެވެ.
އެ ހަތަރު ސްކޫލަކީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލާއި، ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް މޯލްޑިވްސް، ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލެވެ.
މި ހިދުމަތް ކޮންމެ ތަނެއްގައިވެސް ކޮންމެ ވަގުތެއްގައިވެސް ދެވޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ.
އުރީދޫ އެޕް މެދުވެރިކޮށް ދެވޭ މި ޚިދުމަތުގެ ދަށުން، އެމްފައިސާއަށް ލޮގިންވެ، އެ ކުއްޖަކު ކިޔަވާ ސްކޫލެއް ހިޔާރުކުރުމަށްފަހު އެޑްމިނިސްޓްރޭޝަން ނަމްބަރައި ޕިން ނަމްބަރު ޖެހުމަށްްފަހު އެންމެ ކުރީގެ ފީ ހިޔާރުކޮށް އޯޓީޕީ ނަމްބަރު ޖެހުމުން ފީދެއްކޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ފިން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އައިލެންޑަރސް އެޑިއުކޭޝަން އެޕް ބޭނުންކޮށްގެން ޕިން ބަދަލު ކުރެވޭނެކަމަށްވެސް އުރީދޫން ވަނީ ބުނެފައެވެ. އެމްފައިސާ މެދުވެރިކޮށް އުރީދޫން އަންނަނީ ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
advertisment
ހިޔާލު