އިންޑިއާގެ ޕަަޓްނާގެ ސްކޫލްތައް މިމަހުގެ އަށަކާ ހަމައަށް ބަންދުކުރަނީ

ޕަޓްނާގެ ސްކޫލުތައް ޖެނުއަރީ 8 އާއި ހަމައަށް ބަންދު. ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ އަވަށެއްކަމަށްވާ ޕަޓްނާގެ، ސަރުކާރު ސްކޫލުތަކާއި އަމިއްލަ ސްކޫލުތައް ބަންދުކުރަން އެ އަވަށުގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް އަންގައިފިއެވެ. މިހެން ނިންމާފައިވަނީ އެ ސަރަހައްދުގެ ފިނި ހޫނުމިން ދަށްވުމާ ގުޅިގެންނެވެ. އެގޮތުން ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަމަށް ބަލާ މި ހިނގާ ޖެނުވަރީ މަހުގެ 8 ވަނަ ދުވަހާ ހަމައަށް އެއްވެސް ސްކޫލެއްގައި ކިޔަވައި ދިނުންވަނީ މަނާކޮށްފައެވެ.

ފާއިތުވި 2 ދުވަހުވެސް އެ އަވަށުގެ ފިނި ހޫނުމިން ހުރީ "މައިނަސް 12″ ޑިގްރީ ސެލްޝިއަސްގައި ކަމަށް އަވަށުގެ މޫސުމާ ބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ. ވަކިން ހާއްސަކޮށް ހެނދުނުގެ ފިނިހޫނުމިން ދަށްކަން ފާހަގަ ކުރަމުން ޕަޓްނާގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ވިދާޅުވީ ސްކޫލުތަކުގައި ކިޔަވައިދިނުމަކީ، އެކުދިންގެ ސިއްހަތާއި ދިރިހުރުން ނުރައްކަލަކަށް ހުށައެޅޭނެކަމެއް ކަމަށެވެ.

މިއީ ދަރިވަރުންގެ ސިއްހަތަށް ނުރައްކާވާނެ މިންވަރެއްކަން އެޤައުމުގެ މޫސުމާބެހޭ އިދާރާއިންވެސް ވަނީ އަންގާފައެވެ. އަދި މި ދުވަސްކޮޅު ދަރިވަރުން ގޭގައި މަޑުކުރުމަށްވެސް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ސްކޫލުތަކުގެ އިތުރު ހަރަކާތްތައްވެސް މި ދުވަސްވަރު ނުބޭއްވުމަށް އެ އަވަށުގެކަމާ ބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *