ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ މި އަހަރުގެ ސްޓޫޑެންޓް ޔުނިއަން އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ސްޓޫޑެންޓް ޔުނިއަން އިފްތިތާހުކޮށްފިއެވެ. ސްޓޫޑެންޓް ޔޫނިއަން އިފްތިތާހްކޮށްފައިވަނީ އެ ޔުނިވަރސިޓީގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރއިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ޤަވާއިދު”ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިންގާ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ހިންގާ ޤަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތި ލާފައިވަނީ ކޮންމެ މަޤާމަކުންވެސް އެއް މެމްބަރެކެވެ. އެހެންކަމުން ބައެއް ފަރާތްތައް ވަނީ ވޯޓަކާ ނުލައި 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީއަށް ހޮވިފައެވެ.

އެ ގޮތުން މި ޔުނިއަންއަށް މިފަހަރު ހޮވުނު ފަރާތްތަކަކީ ރައީސްއަކަށް އަހުމަދު ސުހާން، ނައިބް ރައީސްއަކަށް މުހައްމަދު އާލިމް އިއްޒަތު، އިންތިޒާމް ސެކްރެޓަރީއަކީ އައިމިނަތު މާލާ މައުރޫފް، އިންތިޒާމް ސެކްރެޓަރީގެ ނައިބް އައިމިނަތު މާލާ، އެކަޑަމިކް ސެކްރެޓަރީ ފާތިމަތު ޒުހާ އާޒިމް، އެކަޑަމިކް ސެކްރެޓަރީގެ ނައިބު ހައްވާ ހަނާ މުހައްމަދު، އިދާރީ ސެކްރެޓަރީ ޒީބާ އަބްދުﷲ ސަލީމް، އިދާރީ ސެކްރެޓަރީގެ ނައިބު ހައްވާ ރައުދާ، ކުޅިވަރު ސެކްރެޓަރީ އަހުމަދު ފަވަދު ހިލްމީ، ކުޅިވަރު ސެކްރެޓަރީގެ ނައިބު ފާތުމަތު ސަރާ ނަސީމް، ހަޒާންދާރު ހުސައިން ފައްވާޒު، އަދި ވީޑިއޯ ކޯޑިނޭޓަރ ނާޒިމް ހަސަންއެވެ.

މި އަހަރަށް އަލަށް އިންތިހާބުވި ޔޫނިއަންގެ މެމްބަރުން. ފޮޓޯ: އިސްލާމިކް ޔުނިވަރސިޓީ

މި ރަސްމިއްޔަތުގައި ވާހަކަ ދައްކަމުން އެ ޔޫނިއަންގެ ރައީސް އަހުމަދު ސުހާން ވިދާޅުވީ މިމަގާމްތަކަށްް ކުރިމަތިލީ ވަކި ޝިއާރެއް ނެރެގެންކަމަށާއި ބޭނުމަކީ ޔުނިވަރސިޓީއާއި ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދީ ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގައި މަސައްކަތް ކުރުންކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *