އިސްލާމިކް ޔުނިވަރސިޓީީ އޮފް މޯލްޑިވްސްގެ ފުވައްމުލަކު ލަރނިންގ ސެންޓަރުގެ އޯޕަންޑޭ މިއަދު ފަށައިފިއެވެ.
އޯޕަންޑޭ ކުރިއަށްދާނީ ފުވައްމުލަކު ސިޓީގެ މާނޭރެ އަތިރީގައެވެ. މިއަދުގެެ 10:00 އިން 14.00 ގެ ނިޔަލަށް ކުރިއަށްގެންދާ މި އޯޕްންޑޭގައި މި އަހަރު އިސްލާމިކް ޔުނިވަރސިޓީން ކުރިއަށް ގެންދާ ކޯސްތަކަށް އެޕްލައިކުރުމާއި ރަޖިސްޓަރ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އަހަރުވެސް ޑިގްރީ ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންނަށް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ.
މި އޯޕަންޑޭ ކުރިއަށްދާއިރު، ބިރިއާނީ، ސްޕެގެޓީ އަދި ކެއްކި އަލަވެސް ލިބެން ހުންނާނެކަމަށް އެ ސެންޓަރުން ބުނެއެވެ.
އިސްލާމިކް ޔުނިވަރސިޓީން ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެ ޔުނިވަރސިޓީގައި އޮންލައިންކޮށް ކުރިއަށް ގެންދާ ކޯސްތަކާއި ކްލާހަށް ހާޒިރުވެގެން ކުރިއަށް ގެންދާ ކޯސްތަށް ހިމެނޭއިރު، މި އަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އާއްމުކޮށް އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން، އިތުރު ކޯސްތަކެއް ފަރުމާ ކުރެވި އެ ކޯސްތަކަށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އިސްލާމިކް ޔުނިވަރސިޓީއަކީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ހާސިލް ކުރުމަށް ހާއްސަ ޔުނިވަރސިޓީއެކެވެ.
advertisment
ހިޔާލު