ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ސްޓޫޑަންޓް ލީޑަރސް އޮމްބަޑްޕާސަން އޮފީިހަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތަކީ އެ އޮފީހުގެ 1 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ދަރިވަރުން ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެ އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހޯދާފައެވެ. ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކޮށްދޭ ގޮތާއި، ސިޔާސީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި މިފަދަ ގިނަ މަޢުލޫމާތުތަކެއް މި ޒިޔާރަތުގައި އެނގިގެން ގޮސްފައިވެއެވެ.
އެ އޮފީހުގެ ފަރާތުންވަނީ އެދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންއެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ދަރިވަރުންނަށް މި ސެޝަންތަކަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ސެޝަންތަކެއްކަމަށް އެ ދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ.
ވިލާއިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވަނީ މިކުދިންނަށް މި ފުރުސަތު ހޯދައި ދިންކަމަށްޓަކައި އޮމްބަޑްޕާސަންސް އޮފީހަށް ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު