އިސްލާމިކް ޔުނިވާސިޓީއާއި ޖޯޑަންގެ ލޭންޑް އޮފް ޕީސް ޝެންޓަަރ ފޮ ޑިވެލޮޕްމަންޓް އެންޑް ހިއުމަން ރައިޓްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު އޮތީ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައެވެ.
މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަދި ލޭންޑް ފޮ ޕީސް ސެންޓަރ ފޮ ޑިވެލޮޕްމަންޓް އެންޑް ހިޔުމަން ރައިޓްސްގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިމާދު ޒޯލްއެވެ.
މިއީ ދެފަރާތުން ގުޅިގެން ހިންގޭ އެކި އެކި ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއްބަސްވެވުނު އެއްބަސްވުމެކެވެ. އެ ގޮތުން ތައުލީީމީ ދާއިރާގެ އެކި އެކި ޕްރޮގްރާމްތައް ފަރުމާކޮށްދިނުމާއި އަދި ތަފާތު އެހެެން ދާއިރާގެ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. އަދި އިސްލާމިކް ޔުނިވާސިޓީން ބާއްވާ ވޯލްޑް ޕީސް ކޮންފަރެންސަށް އެއްބާރުލުން ދިނުންވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.
advertisment
ހިޔާލު