ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލެވިފައިވާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކޮށްފިއެވެ.
އެ ޔުނިވަރސިޓީގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވީ ޙަފްލާގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވަނީ މިފަދަ ޕްލޭނެއްގެ އޮތުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން މިފަދަ ޕްލޭނެއްގެ ސަބަބުން ހުރި ފަސޭހަތަކާއި އެކަމުގެ ސަބަބުން އެތަނަކުން ދާން ބޭނުންވާ އަމާޒަށް ވާސިލްވާން ލިބޭ ފުރުސަތުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި އެ ޔުނިވާރސިޓީގެ ވައިސް ޗާންސެލާރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާވެސް ވަނީ ވާހަކަދައްކަވާފައެވެ.
މިހަފްލާގައި ސްޓްރެޓެޖިކް ޕްލޭނާ ގުޅޭ ރިޕޯޓެއް ގެނެސްދީފައިވާއިރު ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ޑރ.ދީބާ މޫސާ ޕްލޭންގެ ތަޢާރަފްދެއްވަމުންވަނީ އެއީ އައިޔޫއެމްގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތްކަން ފާހަގަކުރައްވާފައެވެ.
މި ސްޓްރެޓެޖިކް ޕްލޭންގައި އެ ޔުނިވާސިޓީން ކުރިޔަށް ރާވާފައިވާ މަސައްކަތްތަކާއި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަނީ ހިމަނާފައެވެ.
advertisment
ހިޔާލު