9 ވަނަ ސިކްސަރސް ކޭމްޕް 2021 ފަށައިފި

ސިކްސަރސް ކޭމްޕްގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން

މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން އިންތިޒާމުކޮށް ކުރިއަށް ގެންދާ ސިކްސަރސް ކޭމްޕްތަކުގެ ތެރެއިން ނުވަ ވަނަ ކޭމްޕް ފަށައިފިއެވެ.

ކޮންމެ އަހަރަކު ބާއްވަމުންގެންދާ މި ކޭމްޕް ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ. މި އަހަރުގެ ސިކްސަރސް ކޭމްޕް ކުރިއަށްދަނީ ހުޅުމާލޭ ޣާޒީސްކޫލުގައެވެ.

މަޑުއްވަރީ ސްކޫލުން ބައިވެރިވާ ލިޓްލްމެއިޑްސް އަދި ލީޑަރ;- ފޮޓޯ: މަޑުއްވަރީ ސްކޫލް

ސިކްސާރސް ކޭމްޕަކީ ލިޓްލް މެއިޑްސް ކުދިންނަށް ހާއްސަކޮށް ބާއްވާ ކޭމްޕެކެވެ. ކޮންމެ އަހަރަކުވެސް މި ކޭމްޕް ކުރިއަށްގެންދަނީ ވަކި ތީމެއްގެ ދަށުންނެވެ. އެގޮތުން މިއަހަރުގެ ތީމަކީ "ގާރލް ޕަވަރ ނިއުޓްރިޝަން" އެވެ. މި ތީމްގެ މަޤްސަދަކީ އަންހެންކުދިން މެދުވެރިކޮށް, ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ “ބެލެންސް ޑައެޓް”ގެ މުހިއްމުކަން އުނގަންނައިދީ, ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މަލްނުޓްރިޝަން ނައްތާލުމަށްޓަކައި އަންހެންކުދިން އަޑުއުފުލާ މަސައްކަތްކުރުމެވެ.

ނުވަ ވަނަ ސިކްސާރސް ކޭމްޕުގެ ތެރެއިން;- ފޮޓޯ: މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން

މި ކޭމްޕުގައި 8 ސަބް ކޭމްޕު ހިމެނިގެންދާއިރު, ކޮންމެ ސަބް ކޭމްޕެއްގައި ފަސް ލީޑަރުން ހިމެނެއެވެ. އެއީ ކޮންމެ ސަބް ކޭމްޕެއް ހިންގުމަށްޓަކައި ތަފާތު މަސްއޫލިއްޔަތުތަކެއް ލިބިގެންވާ ފަރާތްތަކެވެ.

ޅ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުން ބައިވެރިވާ ލިޓްލް މެއިޑްސް އަދި ލީޑަރ;- ފޮޓޯ: ޅ.އަތޮޅު އެޑިޔުކޭޝަން ސެންޓަރ

ނުވަ ވަނަ ސިކްސަރސް ކޭމްޕުގައި ޖުމްލަ 41 ސްކޫލަކުން ބައިވެރިވެފައިވާއިރު, 300 އަށްވުރެ ގިނަ ލިޓްލް މެއިޑްސް ހިމެނެއެވެ. މި ދަރިވަރުންނަށް މި އަހަރުގެ ތީމާއިގުޅޭ ގޮތުން ކަންތައްތައް އުންގަންނައި ދިނުމަށާއި، ދަރިވަރުން ބަލަހައްޓާ ކޭމްޕު ކުރިއަށް ގެންދިޔުމަށްޓަކައި 60 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *