އަންނަ އަހަރުން ފެށިގެން ކިޔެވުން ކުރިއަށްގެންދާނީ ކްލާސްތަކަށް ހާޒިރުވެގެން: އިސްލާމިކް ޔުނިވަރސިޓީ

އަންނަ އަހަރު އައިޔޫއެމްގެ ކްލާސްތައް ކުރިއަށް ގެންދާނީ ކްލާސްތަކަށް ހާޒިރުވެކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައި. ފޮޓޯ: އައިޔޫއެމް

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރއިން ފެށިގެން ކިޔެވުން ކުރިއަށް ގެންދާނީ ކްލާސްތަކަށް ހާޒިރުވެގެންކަމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަހަރުގެ އެކެޑަމިކް ބޯޑުގެ 28ވަނަ ބައްދަލުވުމުގައި ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

އެ ޔުނިވަރސިޓީިން ވަނީ މިކަން ހުރިހާ ދަރިވަރުންނަށްވެސް މިއަދު އަންގާފައެވެ.

މި އެންގުމުގައި ވަނީ ކޯވިޑް-19ގެ ހާލަތު މިހާރު ރާއްޖޭގައި ކޮންޓްރޯލްވެފައިވާ މިންވަރަށްބަލައި، ޔުނިވަރސިޓީގައި ކުލާހަށް ހާޒިރުވެގެން ކިޔަވައިދެވޭނެ މަގުވެފައިވާކަމަށެވެ.

އެހެންނަމަވެސް 2021ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި، އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް އިޢުލާންކުރެވިފައިވާ ކޯސްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ ސްކޫލު، ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު، އަލުން ކިޔަވައިދޭން ފަށާފައިވަނީ އޮންލައިންކޮންނެވެ. ނަމަވެސް މިއަހަރު ފެށުނުއިރު ކިޔަވައިދޭ ގިނަ ތަންތަނުގައި ކްލާސްތަކަށް ހާޒިރުވެގެން ކިޔަވައިދޭން ވަނީ ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *