"ބީއެމްއެލް ވައު ކިޑްޒް ރަން" ނިންމާލައިފި

ބީއެމްއެލް ވައު ކިޑްޒް ރަންގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބޭއްވި "ބީއެމްއެލް ވައު ކިޑްޒް ރަން" ނިންމާލައިފިއެވެ.

ޖުމްލަ 900އަށް ވުރެ ގިނަ ބައިވެރިންނާއެކު މި ދުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.

4 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެކެވެ.

މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް (އެމް.އޭ.ޕީ.ޑީ)އަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

އެމް.އޭ.ޕީ.ޑީން މިފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއަރ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް އެހީތެރިވެދިނުމަށެވެ.

އުމުރުފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރު،  2 ކިލޯމީޓަރު، 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރުގެ ދިގުމިނަށެވެ.

ދުވުމުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވަނީ ދުވުން ނިންމި ވަގުތު މެޑަލް ދީފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *