ތިން ރަށެއްގެ ސްކޫލަށް 27 ކުލާސްރޫމާއި ތިން ބުރީގެ އިމާރާތެއް

ނ. އަތޮޅު މަދަރުސާގައި ތިން ބުރީގެ އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރަނީ – ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ތިން ރަށެއްގެ ސްކޫލަށް އިތުރުކުރާ 27 ކުލާސް ރޫމާއި ތިން ބުރީގެ އިމާރާތެއްގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފިއެވެ. ނ. އަތޮޅު މަނަދޫގައި ހުންނަ އެ އަތޮޅު މަދަރުސާ ގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ހަވާކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ހދ. ކުމުންދޫ ސްކޫލަށް 12 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ހަވާކު ކުރީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. ށ.ފުނަދޫ ސްކޫލަށް އިތުރުކުރާ 15 ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުން ތަކުގައި ސޮއިކުރުން އޮތީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނ. އަތޮޅު މަދަރުސާގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަނުން ނިންމަން އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 15.3 މިލިއަން ރުފިޔާއަށެވެ.

ކުމުންދޫ ސްކޫލަށް 12 ކުލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ވޭވް ލެންތުން 12.6 މިލިއަން ރުފިޔާއަށް ނިންމަން އެއްބަސްވެފައި ވަނީ ވެސް އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ށ.ފުނަދޫ ސްކޫލުގެ 15 ކްލާސްރޫމް ހިމެނޭ އިމާރާތް އެއް އަހަރު ދުވަހުގެ ތެރޭގައި  ސްވިފްޓް އިންޖީނިއަރިންގް އިން އެއްބަސްވެފައި ވަނީ 15.3 މިލިއަން ރުފިޔާއަށެވެ.

އަތޮޅުތަކުގެ ސްކޫލްތަކަށް އިތުރުކުރަމުންދާ ކުލާސްރޫމްތަކާއެކު އެ ސްކޫލްތައް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ބަދަލުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *