ތަޖުރިބާ ހޯދަން، ބިލެތްފަހީ ސްކޫލުން އަލިފުށީ ސްކޫލަށް

ތަޖުރިބާ ޙާޞިލްކުރުމަށް ކުރިއަށްގެންދެވުނު ސެޝަނުގެ ތެރެއިން;- ފޮޓޯ: ބިލެތްފަހި ސްކޫލް

ށ. .ބިލެތްފަހި ސްކޫލުގެ މުވައްޒަފުން ތަޖުރިބާ ޙާޞިލްކުރުމުގެ ގޮތުން ރ. އަލިފުށީ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

18 ޑިސެމްބަރުގައި, ކުރި މި ދަތުރުގައި ބިލެތްފަހީ ސްކޫލުން ބައިވެރިވެފައި ވަނީ ޖުމްލަ 26 މުވައްޒަފުންނެވެ.

ބިލެތްފަހީ ސްކޫލުން ތަޖުރިބާ ޙާޞިލްކުރުމަށް ބޭއްވުނު ސެޝަނުގެ ތެރެއިން;- ފޮޓޯ: ބިލެތްފަހިި ސްކޫލް

މި ދަތުރުގެ މަޤްޞަދަކީ, އެހެން ސްކޫލް ތަކުން ކިޔަވައިދޭ ގޮތްތައް ބަލައި, އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތައް ފާހަނގަކޮށް އިޞްލާހުކުރުމެވެ. ހަމައެއާއެކު, އެ ސްކޫލުތަކުގެ މެދުގައި ޙިޔާލު ބަދަލުކޮށް, އެއް ސްކޫލް އަނެއް ސްކޫލާ އޮންނަ ގުޅުން ބަދަހިކުރުމެވެ.

ތަޖުރިބާ ޙާޞިލްކުރުމުގެ ސެޝަނުގެ ތެރެއިން;- ފޮޓޯ: ބިލެތްފަހި ސްކޫލް

މިއަހަރުގެ ތަޖުރިބާ ދަތުރުގައި, ދަރިވަރުން ލިޓްރަސީ އަދި ނިއުމެރަސީއަށް ދައްވާ މައިގަނޑު ސަބަބުތަކާއި އަދި މިކަންކަން ހައްލުކުރުމަށް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައި ވެެއެވެ. އެގޮތުން, އެއްގަޑި އިރުގެ މި ސެޝަނުގައި, ލިޓްރަސީ އަދި ނިއުމެރަސީ އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަލިފުށި ސްކޫލުން ކުރަމުންގެންދާ ހަރަކާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ވަނީ ހޯދާފައެވެ. މިހާރަށް ވުރެ ވޮޑަށް ކިޔަވައިދެވިދާނެ ގޮތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރެވި އެކަމުގެ މަޢުލޫމާތުވެސް ދަތުރުން ލިބުނު ކަމަށް ބިލެތްދޫ ސްކޫލުން ބުނެއެވެ.

ތަޖުރިބާ ޙާޞިލްކުރުމުގެ ސެޝަނުގެ ތެރެއިން;- ފޮޓޯ: ބިލެތްފަހި ސްކޫލް

މި ސެޝަނަށްފަހު, ދަތުރު ނިންމާލައިފައިވަނީ ދެ ސްކޫލުގެ ފިރިހެން މުވައްޒަފުންގެ ދެމެދު ކުޅެވިގެންދިޔަ އެކުވެރިކަމުގެ ފުޓްސަލް މެޗަކާއެކުއެވެ.

ބިލެތްފަހީ ސްކޫލް އަދި އަލިފުށީ ސްކޫލުގެ ފިރިހެން މުވައްޒަފުންނާ ދެމެދު ކުޅެވިގެންދިޔަ ފުޓްސަލް މެޗުގެ ތެރެއިން;- ފޮޓޯ: ބިލެތްފަހި ސްކޫލް

ބިލެތްފަހީ ސްކޫލަކީ ކިޔަވައިދިނުމުގެ ކަންކަން އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ސްކޫލެކެވެ. އެގޮތުން, ސްޓާފް ފަންޑުގެ ގޮތުގައި ފަންޑެއް ވަނީ ގާއިމް ކޮށްފައެވެ. މި ފަންޑުގެ ބޭނުމަކީ އެކި ސްކޫލުތަކަށް ޒިޔާރަތްކޮށް ސްކޫލުތަކުގައި ކިޔަވައިދެމުންދާ ގޮތް ބެލުމެވެ. އަލުފުށީ ސްކޫލަށް މިދަތުރަކީ ބޭނުންތެރި ދަތުރެއްކަމުން, މިފަދަ އިތުރު ދަތުރުތައް ކުރިއަށް އޮތް ތަނުގައި ބާއްވަން ނިންމާފައިވާ ކަމަށް ބިލެތްފަހީ ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *