އެމެރިކަން މެތްމެޓިކްސް އޮލިމްޕިއަޑްސްގައި ބްރައިޓްވޭގެ ތިން ދަރިވަރަކު ރަން މެޑަލް ހޯދައިފި

ގޯލްޑް މެޑަލް ހާސިލްކުރި ތިން ދަރިވަރުން
ސިންގަޕޫރުގައި ބޭއްވި އެމެރިކަން މެތްމެޓިކްސް އޮލިމްޕިއަޑްސްގައި ބްރައިޓްވޭގެ ތިން ދަރިވަރަކު ރަން މެޑަލް ހޯދައިފިއެވެ.
ރަން މެޑަލް ހޯދީ މަރިޔަމް މައީޝާ މޫސާ އަލީ، އައިޝާ ލީމް އަހުމަދު އަދި އާލް އަހުމަދު އަސްލަމެވެ. މީގެ އިތުރުން ރިހި މެޑަލާއު ބްރޯންޒް މެޑަލް ވެސް އެ ސްކޫލްގެ ދެ ދަރިވަރުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ފާތިމަތު ރިޒްނީ ރިޒާ އާއި މާސް މުހައްމަދު ރަޝާދެވެ. ބްރޯންޒް މެޑަލް ހޯދީ ނިބާލް ނައީމާއި ހައިރީ މިޝަލް ސައީދެވެ.
އެމެރިކަން މެތްމެޓިކްސް އޮލިމްޕިއަޑްސްގައި، ހުސްވި މަހުގެ ސޯޅަ ވަނަ ދުވަހު، ބްރައިޓްވޭގައި ކިޔަވަމުންދާ ގުރޭޑް ދޭކާއި ހައެއްގެ ދިހަ ދަރިވަރުން އޮންލައިންކޮށް ބައިވެރިވެ ޓެސްޓް ހަދާފައިވެއެވެ.
މި މުބާރާތުގައި ކޮންމެ އަހަރަކު ވެސް އެ ސްކޫލުން ބައިވެރިވެއެވެ. ކޮވިޑްއާ ގުޅިގެން މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވަނީ އޮންލައިން ކޮށެވެ.
ސިންގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ހަމައެކަނި ކިޔަވައި ދެމުން ގެންދާ ބްރައިޓްވޭއިން ވަނީ މީގެ ކުރިންވެސް މި މުބާރާތުގައި ބައިވެރިވެ ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ.
މެތްމެޓިކްސް އޮލިމްޕިއަޑްސްގައި 30 ގައުމަކުން 19،000 އެންހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.
590 ދަރިވަރުން ކިޔަވަމުންދާ ބްރައިޓްވޭއިން ދަނީ އޭޝިއަން ޔޫތް ސްޕެސިފިކް ރޮބޮޓިކްސް މުބާރާތާއި ވާރލްޑް ސްކޮލާރ ކަޕް (ޑަބްލިއުއެސްސީ) ފަދަ ޕްރޮގްރާމް ތަކުގައި ވެސް ބައިވެރިވަމުންނެވެ. މި މުބާރާތްތަކުގައި ބައިވެރިވެ، އެކިއެކި ހަރުފަތްތަކަށް ދަތުރުކުރި ކުދިން ވަނީ، އެ ރައުންޑުތަކުގައި ވާދަކުރުމަށް ޗައިނާ އަދި ޔޫއެސްފަދަ ޤައުމުތަކަށް ދަތުރުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *