މުލަކު ސްކޫލުގެ ކަބްސްކައުޓް އަދި ލިޓްލްމެއިޑް ދަރިވަރުންނަށް މައުލޫމާތުދީފި

މ. މުލަކު ސްކޫލުގެ ކަބްސްކައުޓް އަދި ލިޓްލްމެއިޑް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތަކުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި ރީތި އަދަބުތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުންނެވެ.

އެގޮތުން، ޓްރެފިކްގެ ގަވާއިދުތަކަށް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވާއިރު ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި ޓްރެފިކް ނިޝާންތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި މަގުމަތީގެ ރީތި އަދަބުތަކާއި ހިނގާ ބިނގާވެ އުޅުމުގައި އެހެން މީހުންނަށް އުދަނގޫ ނުވާނެ ގޮތަށް އުޅުމާއި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުވެސް ދީފައިވެއެވެ.

އޭގެ އިތުރުން، މޫދަށްއެރި އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މޫދުގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި އެފަދަ ހާދިސާއެއް ދިމާވުމުން އަމަލުކުރާނެގޮތާއި ދެވިދާނެ ފަރުވާތަކާ ގުޅޭގޮތުންވެސް އެ ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

މުލަކު ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ކަބްސްކައުޓް އަދި ލިޓްލްމެއިޑް ދަރިވަރުން ހިމެނޭހެން 68 ދަރިވަރުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *