ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ގދ. ނަޑެއްލާ ސްކޫލު ގުޅިގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަހެއް ފާހަގަކޮށްފިއެވެ. ޓީޗަރުންނަށް އެ ދާއިރާއިން އިތުރު މަޢުލޫމާތު ލިބިގެންދިޔަ މި ޕީޑީގައި އަބޫބަކުރު ސްްކޫލުގެ 36 ޓީޗަރުންނާއި ނަޑެއްލާ ސްކޫލުގެ 21 ޓީޗަރުން ބައިވެރިވިއެވެ. ނަޑެއްލާ ސްކޫލުގައި ބޭއްވި މި ޕީޑީ އަމާޒުކޮށްފައިވަނީ ލިޓްރެސީއާއި ނިއުމަރެސީއަށެވެ.

މި ޕީޑީ ސެޝަންތައް ފެސިލިޓޭޓްކޮށްދެއްވާފައިވަނީ އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲ އާއި ލީޑިންގ ޓީޗަރުންކަމަށްވާ އައިމިނަތު ޝިވާނީ، އަޙްމަދު ޝަރީފް، އަަދި އައިމިނަތު އަލީ ނަސީރެވެ. މި ސެޝަން ނަޑެއްލާ ސްކޫލުގައި ކުރިއަށް ގެންދިޔައިރު، ނަޑެއްލާ ސްކޫލުން، އަބޫބަކުރު ސްކޫލުގެ ޓީޗަރުންނަށް ދެއްވި މެހެމާންދާރީއަށް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ފެށުނު ފެށުމަކީ ދެ ސްކޫލުގެ ގުޅުން ބަދަހިވި ދެ ސްކޫލުގެ ތަޢުލީމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
އަބޫބަކުރު ސްކޫލުން މިފަދަ ޖޮއިންޓް ޕީޑީއެއް ބޭއްވި މީއީ ދެވަނަ ފަހަރެވެ. މީގެ ކުރިން ބާއްވާފައިވަނީ މަޑަވެލީ ސްކޫލާ ގުޅިގެންނެވެ.
advertisment
ހިޔާލު