އަރަބިއްޔާ ސްކޫލުގައި ޓީޗަރުންގެ ދުވަހާއި، މިސްރު މުދައްރިސުން ގައުމަށް އެނބުރި ދިއުން ފާހަގަކޮށްފި

އަރަބިއްޔާ ސްކޫލުގައި ޓީޗަރުންގެ ދުވަހާއި، އެ ސްކޫލުގައި ކިޔަވައިދޭ މިސްރުގެ މުދައްރިސުން ގައުމަށް އެނބުރި ދިއުން ފާހަގަކޮށްފިއެވެ.

މިހަފްލާގައި އެ މުދަރިއްސުންގެ އަގު ވަޒަންކޮށް އެފަރާތްތަކަށްވަނީ މާ ބޮނޑިއާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި އަޒްހަރު ޔުނިވަރސިޓީގެ އުސްތާޒުން އެ ސްކޫލްގައި ކިޔަވައިދިނުމުގައި ހޭދަކުރި ދުވަސްތަކުގައި ދަރިވަރުންނަށް އަރަބި އިސްލާމީ ތަޢުލީމް އުގަންނައިދިނުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ޕްރިންސިޕަލް މުޙައްމަދު ސުޖާއު އަބްދުލްރަހީމް ވަނީ އިހުލާސްތެރި ޝުކުރެއް އަދާ ކުރައްވާފައެވެ.

އަދި އެބޭފޫޅުން ސްކޫލްގައި ހޭދަ ކުރެއްވި ދުވަސްތަކުގެ މަތިން އަބަދުވެސް ހަނދާންވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މިހަފްލާގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒާއި، ޒޯން ކޯޑިނޭޓަރ އަހުމަދު ނަސީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޕްރިންސިޕަލް ސުޖާއު ވަނީ އެފަރާތްތަކުގެ އަގުހުރި ވަގުތު އެހަފްލާއަށް ހޭދަކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *