ސްކޫލުތަކުގެ ބޭނުމަށް، އެމްޕީއެލްއިން ކޮމްޕިއުޓަރ ސިސްޓަމްތަކެއް ހަދިޔާކޮށްފި

އެމްޕީއެލް ގެ ސީއީއޯ ކޮމްޕިއުޓަރ ސިސްޓެމްސް މިނިސްޓަރ އާއި ހަވާލުކުރަނީ- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން، ރަށްރަށުގެ ސްކޫލުތަކުގެ ބޭނުމަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް، އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މީގެ ކުރިންވެސް އެމްޕީއެލްގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށާއި ބަޖެޓު ތަންދިން ވަރަކުން، ކުރިއަށް އޮތްތާނގައިވެސް އެހީތެރިކަން ފޯރިކޮށްދެމުންދާނެކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ- ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލުން ތަޢުލީމީ ދާއިރާއަށް ފޯރުކޮށްދޭ އެހީތައް ފާހަގަކުރައްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، އެމްޕީއެލްގެ ފަރާތުން، އެ މިނިސްޓްރީއަށް ލިބެނީ ހަމައެކަނި ތަކެތި ނޫންކަމަށާއި މިނޫނަސް ތަފާތު އެކި އެހީތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ބައެއް ސްކޫލުތަކަށް ޓީވީ ފަދަ ތަކެތި ހަދިޔާ ކުރުމާއި، ބައެއް ސްކޫލުތަކުގެ ބެލެނިވެރިންގެހިޔާ ހެދުމަށް ތަކެތި ދިނުމުގެ އިތުރުން މަސައްކަތްތަކުގައި އެމްޕީއެލްގެ މުވައްޒަފުން ބައިވެރިވުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މިނިސްޓްރީން އެދޭ ކޮންމެ ފަހަރަކު އެމްޕިއެލްގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެމްޕީއެލްއަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *