ބޮޑުފޮޅުދޫގައި މަދިރި އާލާވާ ތަންތަން ނައްތާލާ ރަށް ސާފުކޮށްފި

ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

އއ. ބޮޑުފޮޅުދޫގެ ރައްޔިތުން އެރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލާ ރަށް ސާފުކޮށްފިއެވެ.

މި ހަރަކާތުގައި، އެރަށުގެ ސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނާއި ، ބެލެނެވެރިން އަދި އެ ރަށު ހެލްތް ސެންޓަރާއި އެކިއެކި ކްލަބުތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.

މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ރަށް ސާފުކުރުމުގެ ތެރެއިން- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި، ބޮޑުފޮޅުދޫ ސްކޫލުން ބައިވެރިވެފައިވަނީ ގްރޭޑް 6ކުން މަތީގެ ހުރިހާ ދަރިވަރުންނާއި 38 މުވައްޒަފުންނެވެ. މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 7 ޖެހިއިރުއެވެ.

މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ގޮތުން ރަށް ސާފުކުރުމުގެ ތެރެއިން- ފޮޓޯ: ބޮޑުފޮޅުދޫ ސްކޫލް

މި ހަރަކާތަކީ، މަދިރި އާލާވާ ތަންތަނާއި މަދިިރި އާލާވެފައިވާ ތަންތަން ނައްތާލުމުގެ ބޭނުމުގައި ކުރިއަށްގެން ގޮސްފައިވާ ހަރަކާތެކެވެ. ރަށުން ޑެންގޫ ބަލީގެ 4 ކޭސް އެއް ފެނިފައިވާއިރު، މި ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިޔުމަށް ރަށުގެ އެންމެހާ ރަށްވެހީން، މި ހަރަކާތުގައި އެހީތެރިވެދީފައިވެއެވެ. ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި، މުޅި ރަށް އެއްކޮށް ސާފުކޮށްފައިވެއެވެ.

ހަމައެއާއެކު، ފަރުކޮއެ، ސީޕް އަދި ހެލްތް ކްލަބުތަކުގެ މަސައްކަތްތައް ރަސްމީ ގޮތެއްގައި ފެށުމުގެ ގޮތުން، ރަށުގެ ގޮނޑުދޮށްވެސް ސާފުކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *