ހިރިމަރަދޫ ސްކޫލުގެ އިންގްލިޝް ވީކް 2021 ބާއްވައިފިއެވެ.
މިހަފްތާ ތެރޭ ކުރިއަށް ގެންދިޔަ މި އިންގްލިޝް ވީކްގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ލިޔުމާއި، ރައިމްސްއާއި، ރިޑްލް މޭކިންގ އަދި ސްކަވެންޖަރ ހަންޓް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ފައުންޑޭޝަން ލެެވެލްއިން ފެށިގެން ގްރޭޑް ދިހައަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ދަރިވަރުން ވަރަށް ގަޔާވެގެން ބައިވެރިވިކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއެވެ. މިއީ ދަރިވަރުންގެ ލެންޖުއޭޖް ސްކިލްސް އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހިރިމަރަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ މާޖިދާ މޫސާ ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ އަހަރަކުވެސް އެ ސްކޫލުގެ އިންގްލިޝް ކްލަބުން ލެންގުއޭޖް ސްކިލްސްއަށް އަމާޒުކޮށް ތަފާތު އެކްޓިވިޓީތައް ކުރިއަށް ގެންދާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި މިއަހަރު ފާހަގަކުރެވުނު ކަންތައްތަކަށްބަލާ، އިތުރު، ތަފާތު ހަރަކާތްތަކާއިއެކު ލެންގުއޭޖް އިމްޕްރޫވްކުރަން އިސްކަންދީގެން މިފަދަ ހަރަކާތްތައް ޕްލޭންކުރަން އެ ސްކޫލުން ވިސްނާކަމަށް ވިދާޅުވިއެވެ.
އަދި ކައިރީ ރަށްތަކުގެ ސްކޫލުތަކާ ގުޅިގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ގޮތްވެއްޖެނަމަ ތަފާތު، އިފެކްޓިވް ގޮތަކަށް މިފަދަ އެކްޓިވިޓީސްތައް ކުރިއަށް ގެންދަން ރާވާކަމަށްވެސް ހިރިމަރަދޫ ސްކޫލްގެ ލީޑިންގ ޓީޗަރ މާޖިދާ މޫސާ ވިދާޅުވިއެވެ.
advertisment
ހިޔާލު