ގާފަރު ސުކޫލްގައި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް "ކޭން"ގެ ނަމުގައި ހަރަކާތެއް ބާއްވައިފި

ގާފަރު ސުކޫލްގައި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް "ކޭން" މި ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ގްރޭޑް 1،2،3 ގެ ހުރިހާ ކުދިންނަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެކުދިން ކިޔަވާ މާއްދާއެއްގެ މައުޟޫއެއްކަމަށްވާާ "ކޭން" މި މައުޟޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ގާފަރު ސުކޫލްގެ ޕްރިންސިޕަލް އަބްދުﷲ އަލީ ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުދިންނަށް ކޭން ތައްޔާރު ކުރާނެ ގޮތާއި، ކޭމެއްގައި ހިމެނޭ ކާނާގެ ބާވަތްތައް އެކުދިންނަށް އޮޅުން ފިލުވައިދީ މައުލޫމާތު ދިނުން ކަމަށެވެ.

ގާފަރު ސުކޫލްގައި ކީ ސްޓޭޖް 1 ގެ ބެލެނިވެރިން ތައްޔާރުކުރި ކޭން. ފޮޓޯ: ގާފަރު ސުކޫލް

އަދި މިހާރުގެ ކޮމްޕެޓެންސީ ކަރިކިއުލަމްގެ ތެރެއިން ކުދިން އަމަލީ ގޮތުން ބައިވެރިކޮށްގެން މި ފިލާވަޅުތައް ނަގައިދިނުމުން ކުދިންގެ ޝައުގުއާއި،  އެފިލާވަޅަކަށް ދޭ އަހައްމިޔަތުކަން އިތުރުވާކަންވެސް ޕްރިންސިޕަލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ކުދިންނަށް އިޖުތިމާއީ ގުޅުމާއި އެކުވެރިކަން ދަސްކޮށްދިނުމަށްޓަކައިވެސް މިފަދަ ހަރަކާތްތަކުގެ ތެރެއިން ލިބޭ ފުރުސަތެއްކަމަށްވެސް ވިދާޅުވިއެވެ.

ކުދިން ކޭމަށް އިންސާފުކުރުން.. ފޮޓޯ: ގާފަރު ސުކޫލް

މިހަރަކާތް އޮތީ އެ ސުކޫލްގެ ހޯލުގައެވެ. ކީ ސްޓޭޖް 1 ގެ ބެލެނިވެރިން ޓީޗަރުންގެ އިރުޝާދުގެ މަތިން ވަނީ އެ ކޭމަށް ބޭނުންވާ ބާވަތްތައް ގެނެސް ސުކޫލް ހޯލުގައި އަތުރާ ސަގާފީ މާހައުލެއް އެތަނުގެ ތެރޭގައި ގާއިމް ކޮށްފައެވެ. މި ހަރަކާތް ކުރިއަށް ދިޔައިރު ހޯލްގައި އެ ދަރިވަރުންނަށް ކޭމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަންއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މެނޭޖްމަންތް ބެފުޅުންނައި ޓީޗަރުން ކޭމަށްް އިންސާފުކުރުން. ފޮޓޯ: ގާފަރު ސުކޫލް

މިހަރަކާތް މިހާ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވުނީ ހާއްސަކޮށް ކީ ސްޓޭޖް 1 ގެ ބެލެނެވެރިން، ޓީޗަރުންނާއި އަދި ސުކޫލްގެ އެހެނިހެން މުއައްޒަފުން ދެއްވި އެހީތެރިކަމާއި އެއްބަރުލުމުގެ ސަބަބުން ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *